މަސްތުވާތަކެއްޗާއި އެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ސެލޯފިންކޮޅާއި ފައިސާތަކަކާއެކު މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގ...

02 Feb 2015 | 11:24

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ސެލޯފިންކޮޅާއި ފައިސާތަކަކާއެކު މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ރޭ އެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކާއި ފައިސާތައް ފެނިފައިވަނީ އޭނާ ގެންގުޅުނު ދަބަހުންނެވެ. ފުލުހުން ބުނީ ދަބަހުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ސެލޯފިންކޮޅާއި -/800 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި 200 އަށް ވުރެ ގިނަ ޔޫއެސް ޑޮލަރާއި 280 ވުރެ ބޭރު ފައިސާ ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް