އިބްތިހާލްއަށް އަނިޔާކުރި މައްސަލައިގައި އަމަލު ކުރި ގޮތުގެ ރިޕޯޓު ރައީސް އޮފީހަށާއި އެޗްއާރުސީއެމަށް

ސީރިއަސް ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ވ. ރަކީދޫ، ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ހުށަހެޅި މައްސަލާގައި، ޖެންޑާ މިނިސްޓްރީން އަމަލުކޮށްފައ...

02 Feb 2015 | 09:43

ސީރިއަސް ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ވ. ރަކީދޫ، ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ހުށަހެޅި މައްސަލާގައި، ޖެންޑާ މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުގެ ރިޕޯޓް ރައީސް އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވައިފި އެވެ.

ޖެންޑަ މިނިސްޓްރީން ބުނީ އެޗްއާރުސީއެމަށާއި ރައީސް އޮފީހަށް ހުށަހެޅީ އިބްތިހާލަށް އަނިޔާ ލިބެމުންދާ ކަމަށް ޖެންޑަ މިނިސްޓްރީ އަށް ހުށަހެޅި މައްސަލާގައި އެ މިނިސްޓްރީގެ މުވައްޒަފުންގެ ދައުރު ފުރިހަމައަށް އަދާކުރިތޯ އާއި އެކަމުގައި އެއްވެސް މީހަކު އިހުމާލުވެފައިވޭތޯ ބެލުމަށް މިނިސްޓްރީން ކުރި ތަހުގީގުގެ ރިޕޯޓު ކަމަށެވެ.

ނަމަވެސް ރިޕޯޓުގެ ތަފްސީލެއް އެ މިނިސްޓްރީއަކުން ހާމައެއް ނުކުއެވެ.

ޖެންޑަ މިނިސްޓްރީން ބުނެފައި ވަނީ އެތަނުގެ ޓީމު އެ ރަށަށް ގޮސް ބެލިއިރު ކުއްޖާ ހުރީ ތިމާގެ މީހެއްގެ ގޭގައި ކަމަށާއި އެ ގޭގައި އިބްތިހާލް ބަހައްޓައިދޭން އެ ޓީމުން އެދިފައިވާނެ ކަމަށެވެ. އެކަމަކު މިނިސްޓްރީގެ އެ ވާހަކަ އާއިލާ އިން ވަނީ މީޑިއާގައި ދޮގުކޮށްފަ އެވެ.

އިބްތިހާލްގެ މަރާއި ގުޅީގެން ޖެންޑާ މިނިސްޓްރީން ވަނީ ޒިންމާއިން ރެކެން ނޫޅޭ ކަމަށާއި މައްސަލަ ރަނގަޅަށް ބެލިފައިނުވާތީ އެކަމުގެ ޒިންމާ ނަގާކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް