އަނެއްކާވެސް އެމްޑީޕީއާއި ޖޭޕީން އެއްބަސްވުމެއް ހަދަނީ

އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. ގާނޫނީ އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ އެމްޑީޕީއާއި ޖޭޕީން ކުރަމުން ގެންދާ މަޝ...

02 Feb 2015 | 06:44

އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ގާނޫނީ އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ އެމްޑީޕީއާއި ޖޭޕީން ކުރަމުން ގެންދާ މަޝްވަރާތަކަށް ފަހު ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ، ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ޖޭޕީއާއި އެމްޑީޕީން ކުރަމުންދާ މަޝްވަރާތަކުގައި ބުރާސްފަތި ދުވަހު ރަސްމީ ކުލަ ޖެހިގެންދާނެ ކަމަށެވެ.

އެ ދެ ޕާޓީން ވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރަން ބުރާސްފަތި ދުވަހު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައި އެވެ. އަދި ޖަލްސާ ބާއްވަން ނިންމާފައިވަނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެރެ އެވެ.

އެ ދެ ޕާޓީ ގުޅިގެން އެއްބަސްވުމެއްގައި ސޮއި ކުރަން ހަމަޖެހިފައިވާއިރު އަދާލަތުން ވަނީ އެ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް