އައިއެސްއިން އިރާގުގެ ސިފައިންގެ މީހަކާއި ފުލުހެއްގެ ކަރު ބުރިކޮށްލައިފި

އިސްލާމީ ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ އައިއެސް ޖަމާއަތުން އިރާގުގެ ސިފައިންގެ މީހަކާއި ފުލުހެއްގެ ކަރު ބުރިކޮށްލައިފި އެވެ. މީޑިއާ ރިޕޯޓްތ...

02 Feb 2015 | 01:59

އިސްލާމީ ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ އައިއެސް ޖަމާއަތުން އިރާގުގެ ސިފައިންގެ މީހަކާއި ފުލުހެއްގެ ކަރު ބުރިކޮށްލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ދެމީހުންގެ ކަރު ބުރިކޮށްލާފައިވާ ފޮޓޯތައް އިއްޔެ ވަނީ އައިއެސް އިން އާންމުކޮށްފަ އެވެ. އެއް ފޮޓޯގައި ފެންނަނީ އިރާގު ފުލުހުންގެ ކާނަލްއެއްގެ ކަރު ބުރިކޮށްލުމަށްފަހު ބުރަކަށްޓަށް ވަޅި ހަރާފައި ހުންނަ މަންޒަރެވެ. އަނެއް ފޮޓޯއިން ފެންނަނީ ހަށިގަނޑު ބިޔަކޮށް ހުންނަ އިރާގުގެ ސިފައިންގެ މީހެއްގެ ކަރު ބުރިކޮށްލާ މަންޒަރެވެ.

މިކަމާމެދު އިރާގުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެ ދެ ފޮޓޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްސަކަތް ކުރަމުން އަންނަ ކަމަށެވެ.

އައިއެސްއިން ރަހީނުކުރާ މީހުންގެ ކަރު ބުރިކޮށް އެމީހުންގެ ފޮޓޯ އަދި ވީޑީއޯ އާންމު ކުރުމަކީ އައިއެސްއިން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިފަހުން އައިއެސްއިން ރަހީނުކުރި ޖަޕާނު ދެމީހެއްގެ ކަރު ބުރިކޮށްލުމަށްފަހު އެމީހުންގެ ފޮޓޯ އަދި ވީޑީއޯވެސް އާންމުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް