ހދ.ކުޅުދުއްފުށީގައި ހިލިހިލާ ޖަހައިގެން އުމުރުން 11 އަހަރުގެ ކުއްޖަކު ގެންގުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިކަމާމެދު ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 11 އަހަރުގެ ކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުއްޖާގެ އާއިލާއިން އަމަލުކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
މިކަމުގެ އިތުރު މައުލޫމާތު ފުލުހުން ނުދެއެވެ. ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަ ކުޅުފުއްފުށީގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ހުށަހެޅުމުން އެތަނުގެ އޮފިޝަލުންނާއި ފުލުހުން އެގެއަށް ދިޔައިރު އެކުއްޖާގެ ގައިގައި ހިލިހިލާ ޖަހާފައި އިން ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް