ޒާރާއާއި ސިޔާމް އެކުގައި އުމްރާގެ އަޅުކަމުގައި

އާމިނަތު ޒާރާ (ކަމަދޫ) ޒާރާ، އޭނާގެ ފިރިކަލުން، އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއެކު އުމްރާގެ އަޅުކަން ކުރަން މައްކާއަށް ގޮސްފިއެވެ. ޒާރާ އަންނަނީ މައްކާގައި ދެމަފިރިން ހޭދަކުރަމުން އަންނަ ...

02 Jan 2025 | 18:00

އާމިނަތު ޒާރާ (ކަމަދޫ) ޒާރާ، އޭނާގެ ފިރިކަލުން، އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއެކު އުމްރާގެ އަޅުކަން ކުރަން މައްކާއަށް ގޮސްފިއެވެ.

ޒާރާ އަންނަނީ މައްކާގައި ދެމަފިރިން ހޭދަކުރަމުން އަންނަ ލޯބި ބައެއް ވަގުތުތަކުގެ މަންޒަރުތައް ޒާރާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުންނެވެ.

އެގޮތުން ސްޓޯރީން ފެންނަ ބައެއް މަންޒަރުތަކުން މާތްވެގެންވާ ގެފުޅު ފެންނައިރު ޒާރާ ބުރުގާ އަޅައިގެން ސިޔާމްގެ އަތުގައި ހިފާލައިގެން ކާރެއްގައި އިންނަ މަންޒަރާއި ދެމަފިރިން އަތުގުޅާލައިގެން ތިބޭ މަންޒަރުގެ ވީޑިއޯ ސްޓޯރީގައި ހިއްސާކޮށްފައިވެއެވެ.

އެއް ސްޓޯރީގައި ޒާރާ ބުނެފައިވަނީ މާތް ﷲގެ ރަހްމަތްފުޅުން އޭނާއަށް ލިބުނީ ހަމަ އެންމެ ބެސްޓް (ފިރިމީހާ) ކަމަށެވެ. އިތުރު ސްޓޯރީއެއްގައި ބުނެފައިވަނީ (ފިރިމީހާ) ދެކެ އިންތިހާއަށް ލޯބިވާކަށެވެ.

ޒާރާއާއި ސިޔާމް އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސްފައިވާކަން ސިޔާމްގެ އާއިލާގެ ގާތް މީހަކު ދުވަހަށް ކަށަވަރުކޮށްދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް