ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންކުރެވޭ ހުރިހާ ބާވަތަކީވެސް މަނާ ތަކެތި ކަމަށް ވާތީ އެފަދަ ތަކެތި އެތެރެކޮށްފައިވާނަމަ ހިފަހައްޓައި ނައްތާލަން ހެލްތުން ކަސްޓަމްސް އަށް އަންގައިފިއެވެ.
ކަސްޓަމްސް އަށް އެ އެންގުން އަންގާފައިވަނީ ހެލްތު މިނިސްޓްރީއިން ކަސްޓަމްސް އަށް ފޮނުވި ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދ ފުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. މި ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، ދުންފަތާއި ދުންފަތާއި ދުންފަތުގެ ތަނޑިއާއިނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެތިކަމާއި، އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހިފައިގެން ނުވަތަ ބޮއެގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިޔަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތް ކަމަށެވެ.
ވީމާ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް ދަންނަވާކަމަށް ހެލްތުގެ ސިޓީގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް