ރާއްޖޭގެ ޚާރިޖީ ވަޒީރު މިއަދު އިންޑިއާއަށް ވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނެފައިވާގޮތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިންޑިއާގެ ނިއުދިއްލީ...

02 Jan 2025 | 11:21

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނެފައިވާގޮތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގަންނަވާނީ މިރޭ 07:25 ހާއިރުގައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި މާދަމާ މެންދުރު 12:30ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވާނެކަމަށް ބުނެފައިވެއެވެ. އަދި އެއަށްފަހު ހޮނިހިރު ދުވަހުގެރޭ ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅު ނިންމަވާލައްވާނެކަމަށްވެސް ބުނެފައިވެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅާއިގުޅޭގޮތުން ޚާރިޖީ ވުޒާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް