ރާއްޖެ ސަރަހައްދުގައި ހުރި ކޮޅިގަނޑުގެ ބާރު އަންނަނީ ދަށްވަމުން: އިންޑިއާ މެޓް

ރާއްޖެ ސަރަހައްދުގައި ހުރި ކޮޅިގަނޑުގެ ބާރު މިއަދު ހެނދުނުން ފެށިގެން ދަށްވަމުން އަންނަ ކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ. އެ ޑިޕާޓްމަންޓުން މިއަދު ނެރުނު މޫސުމީ ބުލެޓިންގ...

02 Jan 2025 | 10:49

ރާއްޖެ ސަރަހައްދުގައި ހުރި ކޮޅިގަނޑުގެ ބާރު މިއަދު ހެނދުނުން ފެށިގެން ދަށްވަމުން އަންނަ ކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.

އެ ޑިޕާޓްމަންޓުން މިއަދު ނެރުނު މޫސުމީ ބުލެޓިންގައި ބުނެފައިވަނީ އެ ކޮޅިގަނޑުގެ ބާރު ރާއްޖޭ ގަޑިން ބަލާނަމަ މިއަދު ހެނދުނު 08:00 ހާއިރު ދަށް ވާން ފަށާފައިވާކަމަށެވެ.

އެ ކޮޅިގަނޑުގެ ބާރު ދަށްވާން ފަށާފައިވާއިރު އަންނަ ހޮނިހިރު ހިސާބު ރާއްޖޭގެ މޫސުން އަލިވާނެކަމުގައި މެޓުންވެސް ބުނެފައިވެއެވެ. ކޮޅިގަނޑުގެ ބާރު ދަށްވަމުންދިޔަ ނަމަވެސް އަދި ރާއްޖޭގެ ސަހައްދަށް (ވަކިން ހާއްސަކޮށް މެދުރާއްޖޭގެ ސަރަހައްދަށް) މިއަދާއި މާދަމާ ބޯކޮށް ވާރޭވެހޭނެކަމުގައި ބެލެވެއެވެ.

މިއަދަށް ލަފާކޮށް ރާއްޖޭގެ މެޓުން ނެރުނު މޫސުމީ ބުލެޓިންގައި ބުނެފައިވަނީ މިއަދު އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެއަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މިއަދު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެފައިވާއިރު ދެކުނާއި މެދުރާއްޖޭގައި ކަނޑުތައް ގަދަވާނެކަމަށާއި އަދި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް