ވަގުފު ބިލްޑިންގ އެއް އިމާރާތްކުރުމަށް މާލެއިން އައު ބިމެއް ހަމަޖައްސަނީ

ވަގުފު ބިލްޑިންގ އެއް އިމާރާތްކުރުމަށް މާލެއިން އިތުރު ބިމެއް ހަމަޖައްސަވަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮ...

02 Jan 2024 | 15:01

ވަގުފު ބިލްޑިންގ އެއް އިމާރާތްކުރުމަށް މާލެއިން އިތުރު ބިމެއް ހަމަޖައްސަވަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ރާއްޖޭގައި ވަޤުފުތައް އިތުރުކޮށް ލިބޭ އާމްދަނީން ދީނީކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ ވަޤުފު އިމާރާތެއް އެޅުމަށް މާލެއިން އެކަށީގެންވާ ބިމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ގުޅިގެން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ހަމަޖެއްސެވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް