ނަހުލާ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފި

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ. ނަހުލާ މިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރ...

01 Jan 2024 | 19:34

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ނަހުލާ މިކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނަހުލާގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވަން ނިންމަވާފައިވާކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ތިޔަބޭފުޅުންގެ ވޯޓު އަޅުގަނޑަށް ދެއްވުން" ނަހުލާގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމެވިކަން ނަހުލާ އިއުލާނުކުރައްވާފައިވާއިރު ނަހުލާ އަކީ އެ ޕާޓީގެ ނައިބު ލީޑަރުވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް