ފަޅުތެރެއިން 700 އެއްހާ ލީޓަރުގެ ތެޔޮ ނަގައިފި

މާލޭ އެއް ނަމްބަރު ޖެޓީ ސަރަހައްދުން ދެ ދުވަހުގެ މަސައްކަތުން 700 އެއްހާ ލީޓަރުގެ ކަޅު ތެޔޮ ނެގިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ގިނަ އަދަދެއްގެ ތެޔޮ ޖަމާވެފައިވަނިކޮށް ފެނިފައިވަނީ އެއް ނަމް...

02 Jan 2023 | 17:42

މާލޭ އެއް ނަމްބަރު ޖެޓީ ސަރަހައްދުން ދެ ދުވަހުގެ މަސައްކަތުން 700 އެއްހާ ލީޓަރުގެ ކަޅު ތެޔޮ ނެގިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގިނަ އަދަދެއްގެ ތެޔޮ ޖަމާވެފައިވަނިކޮށް ފެނިފައިވަނީ އެއް ނަމްބަރާއި ތިން ނަމްބަރު ފާލަން ކައިރީ ފަޅު ތެރޭގައި އެވެ. އެމްއެންޑީއެފުން ވަނީ އެ ތެޔޮތައް ނެގުމުގެ މަސައްކަތް އިއްޔެ ފަށާފައި އެވެ.

އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ސަރަހައްދު ފަޅު ތެރެ ސާފުކޮށް ތެޔޮ ނެގުމުގެ މަސައްކަތް މިއަދަށް ނިންމާލާފައިވާ ކަމަށެވެ. އަދި މާދަމާވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދަށް ގާތްގަނޑަކަށް ހާހެއްހާ ލީޓަރުގެ ތެޔޮ ޖަމާވެފައިވާ ކަމަށެވެ.

އެ ތެޔޮތައް ސިފައިން ދަނީ ރައްކާތެރި ކަމާއި އެކު ނަގައި ކަޅު ކޮތަޅުތަކުގައި ބަންދުކޮށްގެން އެ ސަރަހައްދުން ގެންދަމުންނެވެ. އަދި ފަޅުތެރެއިން ތެލުގެ އަސަރު އެއްކޮށް ފިލުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެންވަޔަރެމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ފަޅު ތެރެއިން ތެޔޮތައް ނެގުމުގެ މަސައްކަތް ކުރިޔަށްދާގޮތް ގާތުން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް