މާތްވެގެންވާ ހަރަމްފުޅަށް ސްނޯ ވެނުނު ކަމަށް ބުނެ ފޭކު ވީޑިއޯއެއް!

ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގެ ހަރަމްފުޅަށް ސްނޯ ވެހުނު ކަމަށް ބުނެ ދައުރު ކުރީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމަށް އެ ގައުމުގެ މީޓްރޮލިޖިކަލް ސެންޓަރު (އެންއެމްސީ) އިން ބުނެފި އެވެ. ދ...

02 Jan 2023 | 11:22

ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގެ ހަރަމްފުޅަށް ސްނޯ ވެހުނު ކަމަށް ބުނެ ދައުރު ކުރީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމަށް އެ ގައުމުގެ މީޓްރޮލިޖިކަލް ސެންޓަރު (އެންއެމްސީ) އިން ބުނެފި އެވެ.

ދެތިން ދުވަސް ކުރިން ދައުރު ކުރަން ފެށި އެ ވީޑިއޯގައި ފެންނަނީ ހަރަމްފުޅު ތެރެ ވަރަަށް ފުސްވެފައިވާތެނެވެ. އެކި މީހުން ކޮޅުކޮޅަށް ދުވަމުން ދާއިރު އެ ވީޑިއޯ ނެގި މީހާ އާއި ކައިރީގައި ތިބި ބަޔަކު ތިބީ އިސް ޖަހައިގެންނެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ކުރީ އެއީ ހަރަމްފުޅަށް ސްނޯ ވެހެނީ ކަމަށްބުނެ އެވެ. އަދި ބޯކޮށް ސްނޯ ވެހެމުންދާތީ މީހުންނަށް އަޅުކަން ކުރުމަށް އުނދަގޫވި ކަމަށެވެ.

މި ވީޑިއޯއަކީ އަސްލެއް ނޫންކަން ކަށަވަރުކޮށްދެމުން ސައުދީގެ އެންއެމްސީން ބުނީ މައްކާ ސިޓީ، ޖިއްދާ އަދި ތޯއިފް އަލް ޝިފާ ފަދަ ސިޓީތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އެކަމަކު ސްނޯ ފައިބާފައި ނުވާއިރު އެ ސަރަހައްދަށް ސްނޯ ފައިބާނެ ކަމަށްވެސް ލަފާ ނުކުރެވޭ ކަމަށް ބުންޏެވެ،

އެ އިދާރާއިން ވަނީ މާތްވެގެންވާ ހަރަމްފުޅާއި ބެހޭގޮތުން އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައި އެވެ.

https://www.youtube.com/watch?v=PhMqCnNSJlo

ސައުދީގައި މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމާއި އެކު ސްނޯވެސް ދަނީ ވެހެމުންނެވެ އެކަމަކު ސްނޯ ވެހެމުން ދަނީ އެ ގައުމުގެ އުތުރުުގެ ސަރަހައްދަށެވެ. މައްކާއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އެ ސިޓީގެ ސްކޫލްތައް މިއަދު ބަންދެވެ.

މައްކާއަށް ސްނޯ ވެހުމަކީ ވަރަށް ނާދިރު އަދި އަޖައިބު ކުރުވަނިވި ކަމެކެވެ. ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ 85 އަހަރު ތެރޭގައި މައްކާ ހިމެނޭ ސަރަހައްދަށް ސްނޯ ކޮންމެސް ވަރަކަށް ވެހިފައިވަނީ 2013 ވަނަ އަހަރާއި 2016 ވަނަ އަހަރު އެ ސިޓީ އާއި މަދީނީ ގުޅޭ ސަރަހައްދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް