ދިވެހިން ކިހާ އުފެއްދުންތެރިހެއްޔެވެ؟ ގަރުދިޔައަކީވެސް އާޓެކެވެ!

ދިވެހިންގެ އުފެއްދުންތެރި ކަމުގެ މުއްސަދިކަމަކީ ޒަމާނުއްސުރެވެސް އިވެމުން އަންނަ ވާހަކައެކެވެ. އެހެންނަމަވެސް ދިވެހިނގެ ސަޤާފީ ކެއުމުގެ ތެރެއިން އެންމެ އާއްމުޤަރުދިޔައަކީވެސް ދިވެހިންގެ ‘ކްރިއޭޓިވިޓީ’...

02 Jan 2023 | 11:11

ދިވެހިންގެ އުފެއްދުންތެރި ކަމުގެ މުއްސަދިކަމަކީ ޒަމާނުއްސުރެވެސް އިވެމުން އަންނަ ވާހަކައެކެވެ. އެހެންނަމަވެސް ދިވެހިނގެ ސަޤާފީ ކެއުމުގެ ތެރެއިން އެންމެ އާއްމުޤަރުދިޔައަކީވެސް ދިވެހިންގެ ‘ކްރިއޭޓިވިޓީ’ އެހާ ފުރިހަމައަށް ދައްކުވައިދޭ އެއްޗެއްގޮތުގައި ދުވަހަކުވެސް ވިސްނިފައިވޭތޯއެވެ. ގަރުދިޔަ ފަދަ އާއްމު ކެއުމަކުން ދިވެހިންގެދިރިއުޅުމުގެ ވައްޓަފާޅިއާ ރާއްޖެއާއި ގުޅިފައިވާ މިންވަރަކީ ވިސްނައިގެން އުފެއްދި ކަމެއްތޯ ނުވަތަ ހަމަ ހުރެފަ ކެއްކުނު އެއްޗެއްތޯ މި ސުވާލުގެ ޖަވާބުވާނީ ތާރީޙުގައި ވާކަން ޔަގީނެވެ.

ދިވެހި ރާއްޖޭގެ ވަށައިގެން އޮންނަނީ ކަނޑެވެ. އަދި ދިވެހިންގެ ލޭ ނާރަކީ މަސްވެރިކަމެވެ. ގަރުދިޔަ ކައްކާ ގޮތައް ވިސްނާލައިފިނަމަ ގަރުދިޔައަކީ ކަނޑުން މިސާލު ނަގައިގެންތައްޔާރުކޮށްފައިވާ ކެއުމެކޭ ބުނެވިދާނެއެވެ. އެހެނީ ކަނޑުގައިވާ ފަދައިން ގަރުދިޔަލުގައިވެސް ހުންނަނީ ފެނާއި މަހެވެ.އަދި ރަހަ ހެޔޮވަރުކުރުމަށްޓަކައި ނުލާ ނުވާނެ ހަމައެކަނިރަހައަކަށް އޮންނަނީ ލޮނެވެ. އަދި ކަނޑުގެ ފެނަކީ ލޮނު ފެންކަން ވިސްނައިލުމުން ގަރުދިޔައިގެ އިންސްޕްރޭޝަނަކަށް ވެފައިވަނީ ދިވެހި ކުދި ރަށްތަކުގެ ވަށައިގެންވާ ކަނޑުކަންޔަގީންވެގެންދެއެވެ.

ގަރުދިޔައަކީ ދިވެހި މާހައުލަށް ވިސްނައިގެން ދިވެހިންގެ އުޅުން ބައްޓަންކޮށްފައިވާކަމުގެ ލާމަސީލު މިސާލެކެވެ. އޭރުގެ ދިވެހި މުޖުތަމައުގައި އަޅުގަނޑުމެންގެ ކާބަފައިންގެއުފެއްދުންތެރިކަމާއި ވިސްނުންތެރިކަމުގެ ހެއްކެކެވެ. އަދި ރިހައެއް ކަމުގައި ދިވެހިން ގަރުދިޔަ ނުދެކުމަކީވެސް ގައިމު އަޖައިބަކަށް ނުވޭބާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް