ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ށ.ފީވަކު ސްކޫލް މަލްޓި ޕަރޕަސް ހޯލް އަދި ވަށާފާރުގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި މިއަދުސޮއިކޮށްފިއެވެ.
ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އަދި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެފަރާތުން އެ ކުންފުނީގެ މެނޭޖަރ އަޝްހަދު ސައީދެވެ.
މި މަޝްރޫއަކީ ޕީއެސްއައިޕީ 2021 ގެ ދަށުން ހިންގޭ މަޝްރޫއެއްކަމުގައި ފާހަގަކޮށްލެވެއެވެ. އަދި ފީވަކު ސުކޫލުގެ ހޯލާއި ވަށާފާރުފެ އިމާރާތުގެ މި މަސައްކަތް އެއް އަހަރުގެމުއްދަތުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމުގައި ޔެސް މޯލްޑިވްސްގެ ފަރާތުން އެއްބަސްވެފައިވެއެވެ. ޙަރަދުގެ ގޮތުގައި ހޭދަވާނެކަމަށްވަނީ 14,790,555.76 ރ( ސާދަމިލިއަންހަތްލައްކަ ނުވަދިހަހާސް ފަސްސަތޭކަ ފަންސާސް ފަސްރުފިޔާ ހަތްދިހަ ހަލާރި )އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް