މާލޭ ފަޅަށް ގިނަ އަދަދަކަށް ތެޔޮ އެޅިފައިވާ މައްސަލަ ގާތުން ބަލަމުން އަންނަކަމުގައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެކަމުގައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށާއި އެންމެ މުހިންމު ކަމަކީ ތެޔޮތައް ސާފުކުރުން ކަމުގައިވާއިރު މިހާރު ކުރިއަށްދަނީ އެ މަސައްކަތް ކަމަށެވެ.
ނައީމް އިތުރަށް ވިދާޅުވީ މިކަމުގައި ޝައްކުވާ ކަންތައްތަކެއް ހުރިކަން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށާއި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނެކަމަށެވެ.
މާލޭ ފަޅަށް، ހާއްސަގޮތެއްގައި އެއް ނަމްބަރު ފާލަން ސަރަހައްދުން ފެށިގެން ތިން ނަމްބަރު ފާލަން ސަރަހައްދާއިމެދު ގިނަ އަދަދަކަށް ކަޅުތެޔޮ މޫދަށް އެޅިފައިވެއެވެ.
އިއްޔެއިން ފެށިގެން އެ ތެޔޮތައް ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު މިއަދު އެމްއެންޑީއެފުން ބުނެފައިވަނީ މާލޭ ފަޅަށް ގާތްގަނޑަކަށް ހާހެއްހާ ލީޓަރު ތެޔޮ އެޅިފައިވާނެކަމަށް ބެލެވޭކަމަށާއި އަދި ނެގުނީ 400އެއްހާ ލީޓަރުގެ ތެޔޮ ކަމަށެވެ. ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް