މިމަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕްރައިމަރީގައި ނަޝީދާއި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި އިންތިހާބު އޮންނާނީ މިމަހުގެ28 ވަނަ ދުވަހު އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އިންތިހާބުން ބަލިވުމަކީ އެމަނިކުފާނު ދަންނަ ކަމެއް ނޫން ކަމަށެވެ. ނަޝިދު ވިދާޅުވީ ބަލިވާ ނަމަ، އެކަމަކާ ނޫޅޭނެ ކަމަށެވެ.
އިންތިޚާބުތަކުުގައި ވާދަކުރެއްވުމަކީ އެމަނިކުފާނަށް އައު ކަމެއް ނޫންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުން ނާކާމިޔާބު ވެދާނެ ފަދަ ހާލަތެއް ނާންނާނެ ކަމަށާއި، އެ ހާލަތަކާމެދު ނުވެސްވިސްނަވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންތިޚާބަށް ނުކުމެ މަސައްކަތްކުރައްވަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް