ތެޔޮ ބޯޓުން ގެއްލުނު މީހުން ފެނޭތޯ މާލެ ވެސް ބަލަން ފަށައިފި

މިދިޔަ މަހުގެ28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދަތުރު ކުރި ދެ މީހުން މާލެ ވެސް ބަލަން ފަށައިފި އެވެ. އެމީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ29 ވަނަ ދުވަހު އެވެ. މިހާތަނަށް އެމ...

02 Jan 2023 | 08:54

މިދިޔަ މަހުގެ28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދަތުރު ކުރި ދެ މީހުން މާލެ ވެސް ބަލަން ފަށައިފި އެވެ.

އެމީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ29 ވަނަ ދުވަހު އެވެ. މިހާތަނަށް އެމީހުންގެ ހަބަރެއް ނުވާއިރު އެ ބޯޓު ވަނީ އިއްޔެ ހުޅުލޭ ނެރު ކައިރިން އޮޔާ ދަނިކޮށް ފެނިފައި އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ގދ. ތިނަދޫ، މަނާރު، އުމުރުން 45 އަހަރުގެ މުހައްމަދު ނިޒާމާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މުހައްމަދު ލިޓަން އެވެ.

ފުލުހުން މީޑިއާގައި ބުނީ އެ މީހުން ހޯދުމަށް މާލެ ތެރެވެސް ބަލަމުންދާ ކަމަށެވެ. އެކަމަކު އެމީހުން ހޯދުމުގެ މަސައްކަތް މާލޭގައި ފެށި ސަބަބެއް އަދި މާލޭގައި ބަލާ ފާސް ކުރަމުން ދަނީ ކޮންތަނެއް ކަމެއް ނޭނގެ އެވެ.

މާލޭގެ އިތުރުން އެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ކަނޑުމަގުން  މެރިން ޕޮލިސް އާއި ކޯސްޓް ގާޑުންނެވެ.

ނިޒާމާއި ލިޓަން ހޯދަން މާލޭ ބަލާ ފާސް ކުރަން ފެށި އިރު މީގެ ތެރެއިން ނިޒާމް މިދިޔަ މަހުގެ29 ވަނަ ދުވަހު ފެނުނު ކަމަށް ވިލިމާލޭ ތެޔޮ ބޯޓުތައް އަޅާފައި އޮތް ސަރަހައްދުގައި އުޅުނު އޭގެން ދޯންޏެއްގެ ކެޕްޓަނަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި އެ ދުވަހު ފެނުނު އިރު ހާދިސާ ހިނގައިގެން އުޅޭ ކަމެއް ނޭނގޭ ކަމަށާއި އޭނާ އެ ދުވަހު މޫނު ދޮންނަން ހުއްޓަ ފެނުނީ އެހެން ދޯންޏެއް ކަމަށެވެ.

މީގެ އިތުރުން ސޯޝަލް މީޑީއާގައިވެސް ދަނީ ނިޒާމް މާލޭގައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ދައުރު ކުރަމުންނެވެ. ކަމުގެ ހަގީގަތެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް