ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތްޕުޅުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ މަންފާއަކަށް ނޫންކަމަށާއި، ޤައުމާއި ރައްޔިތުންނަށްޓަކައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އިޤްތީޞާދީ ޙާލަތާމެދު ދައްކަމުންދާ ވާހަކަތައް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން އަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އައިއެމްއެފްގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިޤުތިޞާދު ދަނީ ބާރަށް ކުރިއަރަމުންކަމަށެވެ.
އަދި މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުގެ ނަތީޖާކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.
އަމީރު ވިދާޅުވީ ދިވެހި އިޤުތިޞާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށާއި 2019 ވަނައަހަރަށް ސަރުކާރުން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި ކަމަށާއި
މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫންކަމަށާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާކަމަށެވެ.
ހަމަ އެހެންމެ ކައިރި ޤައުމުތަކުން ފެނިގެންދާ ހަޤީޤަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި، އިޤްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް"ވުމުން، އޭގެ ބޮޑު ގެއްލުމާއި ދެރަ އުފުލަންޖެހެނީ ވަރަށް ހިތިކޮށް ކަމަށްވެސް އަމީރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް