ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑު އިންސާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މި ކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 09:03 ހާއިރު ކަމަށާއި މިހާރު ހަށިގަނޑު ފުލުހުންގެ ލޯންޗަކަށް ނަގާފައިވާކަމަށާއި ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ދެމީހަކު ގެއްލިފައިވެއެވެ. އެހެންނަމަވެސް މި ހާދިސާއާއި އެ ހާދިސާއާއި ގުޅުމެއްވާކަން އަދި އެނގިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް