ފްރެންޗް ލީގުގައި ރޭ ލެންސްއާއި ދެކޮޅަށް ކުލުނު މެޗުން ތަފާތު ބޮޑު ނަތިޖާއަކުން ޕީއެސްޖީ ބަލިވެއްޖެއެވެ.
ލެންސް ދަނޑުގައި ކުޅުނު މި މެޗުން ލެންސް އަތުން ޕީއެސްޖީ ބަލިވީ 1-3 ގެ ނަތީޖާއިންނެވެ.
ރޭގެ މި މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އަދިވެސް އޮތީ ތާވަލްގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ. އެޓީމަށް ވަނީ ކުޅުނު 17 މެޗުން 44 ޕޮއިންޓް ލިބިފައެވެ. ރޭ ޕީއެސްޖީ އަތުން މޮޅުވި ލެންސް އޮތީ ތާވަލްގެ ދެވަނަގާގައި ޕީއެސްޖީއަށްވުރެ ހަތަރު ޕޮއިންޓު ދަށުގައެވެ. ރޭގެ މޮޅާއި އެކު ލެންސް އަށް ލިބިފައިވަނީ އެޓީމު ކުޅުނު 17 މެޗުން 40 ޕޮއިންޓެވެ.
ރޭގެ މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ވެސް ލެނެސްއިންނެވެ. ލެންސް އިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ފަސްވަނަ މިނެޓުގައެވެ. އެޓީމަށް ލީޑު ނަގައިދިނީ ޕްރްޒެމިސްލާވް ފްރެންކޯސްކީއެވެ. އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީން ނަތީޖާއެއްވަރުކުރިއެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ހޫގޯ އެކިޓިކޭއެވެ.
ލެންސްއިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ މެޗުގެ 28 ވަނަ މިނެޓުގައި އިކޯމާ އޮޕެންޑާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ އީކޯ ފޮފާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮޕެންޑާ ޖެހި ލަނޑެކެވެ. ލެންސްއިން އެޓީމުގެ ތިން ވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރި މެޗުގެ 47 ވަނަ މިނެޓުގައި އަލެކްސިސް ކްލައުޑީ މައުރިސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާއަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އޮޕެންޑާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް