ޕްރިމިއާ ލީގު: އެސްޓަން ވިލާއަތުން ޓޮޓެންހަމް ބަލިވިއިރު، ޗެލްސީ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމް އެސްޓަން ވިލާއަތުން ބަލިވިއިރު، ނޮޓިންހަމް ފޮރެންޓާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި އެސްޓަން ވިލާއަތުން...

02 Jan 2023 | 02:46

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމް އެސްޓަން ވިލާއަތުން ބަލިވިއިރު، ނޮޓިންހަމް ފޮރެންޓާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އެސްޓަން ވިލާއަތުން ޓޮޓެންހަމް ބަލިވީ 0-2 ގެ ނަތިޖާއިންނެވެ. އަދި ނޮޓިންހަމް ފޮރެންޓް އާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެސްޓަން ވިލާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެއާއި ޚިލާފަށް ޓޮޓެންހަމްގެ ފަރާތުން ފެނުނީ ދައް ކުޅުމެކެވެ. މި މެޗުގައި އެސްޓަން ވިލާއިން ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނު އެސްޓަން ވިލާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ 50 ވަަނަ މިނިޓްގައި އެމީ ބުއެންޑީއާ ކާމިޔާބު ކޮށްދިން ގޯލުންނެވެ. މިއީ އެސްޓަން ވިލާގެ ފޯވާޑް، އޮލީ ވަޓްކިންސް އޭރިއާތެރެއިން ދިން ބޯޅައަކުން ބުއެންޑީއާ ޖެހި ގޯލެކެވެ. މި ގޯލަށް ފަހު ވެސް މޮޅަށް ކުޅެމުން ދިޔަ އެސްޓަން ވިލާއިން ދެވަނަ ގޯލު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އެސްޓަން ވިލާގެ ދެ ވަނަ ގޯލު ޖަހައިދިނީ ޑަގްލަސް ލުއީޒް އެވެ. މިއީ ޖޯން މެކްގިން ދިން ބޯޅައެއްގައި ލުއީޒް ޖެހި ލަނޑެކެވެ.

މި ނަތީޖާއާއި އެކު ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމަށް ވުރެ ދެ ޕޮއިންޓު އިތުރަށް ލިބިގެން ހަތަރުވަނާގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 16 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ.

ނޮޓިންހަމް ފޮރެސްޓާއި ދެކޮލަށް ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި މެޗުގެ ލީޑު ނެގީ ޗެލްސީންނެވެ. އެޓީމުން މެޗުގެ ލީޑުނެގީ 16 ވަނަ މިނިޓްގައި ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފަށް ކުޅެން ނިކުމެ ރަނގަޅު ކުޅުމެއް ދައްކައި ނޮޓިންހަމް ރޮރެސްޓުން ނަތީޖާ އެއްވަރުކުރީ މެޗުގެ 63 ވަނަ މިނެޓުގައި ސާޖް އޯރިއޭ ކާމިޔާބު ކޮށްދިން ގޯލުންނެވެ. މިއީ ޗެލްސީގެ އޭރިއާތެރެއިން ނޮޓިންހަމް ފޮރެސްޓްގެ ވިލީ ބޮލީ ދިން ބޯލައަކުން އޯރިއޭ ޖެހި ގޯލެކެވެ.

މި ނަތީޖާއާ އެކު ޗެލްސީ ތާވަލްގެ އަށް ވަަނައިގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 25 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް