ސީ ޕްލޭން ޖައްސާ ފްލޯޓިންގ ޕްލެޓްފޯމެއް ކަނޑައިގެން ގޮސް އޮޔާދަނީ

ސީ ޕްލޭން ޖައްސާ ފްލޯޓިންގ ޕްލެޓްފޯމެއް ކަނޑައިގެން ގޮސް އޮޔާދާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ މިއީ ރ. މާމުނަގައު ރިސޯޓުގައި ސީ ޕްލޭން ޖެއްސުމަށް އަޅާފައިވާ ފްލޯޓިންގ ޕްލެޓްފޯމް ކަމަށެވެ. އަ...

02 Jan 2022 | 17:59

ސީ ޕްލޭން ޖައްސާ ފްލޯޓިންގ ޕްލެޓްފޯމެއް ކަނޑައިގެން ގޮސް އޮޔާދާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ރ. މާމުނަގައު ރިސޯޓުގައި ސީ ޕްލޭން ޖެއްސުމަށް އަޅާފައިވާ ފްލޯޓިންގ ޕްލެޓްފޯމް ކަމަށެވެ. އަދި އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިރޭ 19:15 ހާއިރު ކަމަށެވެ.

އެ ޕްލެޓްފޯމް ކަނޑައިގެން ގޮސް، އޮޔާދަނީ އެ ރިސޯޓުގެ ހުޅަނގުދެކުނަށް ކަމަށާއި މި ޕްލެޓްފޯމަކީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއްކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް