ސަމާލުވޭ: ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

މި ދުވަސްވަރު ބޭރަށް ހިންގުމާއި އެކު ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެކަަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓ...

02 Jan 2022 | 16:01

މި ދުވަސްވަރު ބޭރަށް ހިންގުމާއި އެކު ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެކަަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މި ދުވަސްވަރު ބޭރަށް ހިންގުމާއެކު ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީވެ އެކަމާއި މެދު ސަމާލުވުމަށެވެ.

އެގޮތުން، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތް ތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު ލޭގެ އަސަރު ހުރުން ހިމެނޭ ކަމުގައި އެޗްޕީއޭ އިން ވިދާޅުވެއެވެ.

މީގެ އިތުރުން، އާދަޔާ ހިލާފަށް ކަރު ހިއްކުމާއި، ވަރުބަލިވުމާއި، ދިޔާތަކެތި ބޭނުން ކުރެވޭ މިންވަރު މަދުވުމާއި، ގިނަގިނައިން ހޮޑު ލެވުމާއި، އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން ހިމެނޭ ކަމުގައި އެޗްޕީއޭ އިން ހާމަކުރެއެވެ.

އެހެންކަމުން ބޭރަށް ހިންގާނަމަ ރައްކާތެރި ވުމުގެ ގޮތުން ކުރެވިދާނެ ކަންކަންވެސް އެޗްޕީއޭ އިން ހިއްސާ ކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ގިނަ ގިނައިން ލޮނު ޕެކެޓް، ފެން ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމާއި، އަދި ފާޚާނާ ކުރުމަށްފަހު އާއި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން އަތް ދޮވުން ހިމެނެއެވެ.

މީގެ އިތުރުން ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން، ސްކޫލަށް ނުފޮނުވައި މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރުމަށާއި އާންމުން އެއްވެ އުޅޭ ސަަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް