ޕްރިމިއާ ލީގު: މިރޭގެ މެޗަށް ނެގި ޗެލްސީގެ ސްކޮޑުން ލުކާކޫ ބާކީކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗަށް ޗެލްސީން ނެގި ސްކޮޑުން ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބާކީކޮށްފިއެވެ. ލުކާކޫ ޗެލްސީގެ ސްކޮޑުން ބާކީ ކޮށްފައި މިވަނީ ޗެ...

02 Jan 2022 | 13:28

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗަށް ޗެލްސީން ނެގި ސްކޮޑުން ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބާކީކޮށްފިއެވެ.

ލުކާކޫ ޗެލްސީގެ ސްކޮޑުން ބާކީ ކޮށްފައި މިވަނީ ޗެލްސީއާއި ކުލަބުވެ ސަޕޯޓަރުންނަށް އަމާޒުކޮށް މީގެ ދެ ހަފުތާ ކުރިން ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއް ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

ލުކާކޫގެ އެ އިންޓަވިއުއާ އެކު ޗެލްސީގެ މެނޭޖްމަންޓުން ވަނީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެ އިންޓަވިއުގައި ވާހަކަ ދައްކަމުން ލުކާކޫ ވަނީ އޭނާގެ ކުރީގެ ކުލަބު އިންޓަ މިލާނަށް ތައުރީފު ކޮށް ވާހަކަ ދައްކާފައެވެ. އަދި އޭނާ ޗެލްސީގައި އަދާކުރަމުން އަންނަ ދައުރާއި މެދު ހިންހަމަ ނުޖެހޭކަން ވެސް ވަނީ ފާޅުކޮށްފައެވެ.

އެގޮތުން ޗެލްސީގައި ޓުޗެލް ގެންގުޅޭ ޓެކްޓިކްސް ސިސްޓަމާއި މެދު ފާޑު ކިޔަމުން ލުކާކޫ ބުނެފައިވަނީ އޭނާ ޓުޗެލްގެ އެ ސިސްޓަމަށް އެއްގޮތަކަށް ވެސް ފިޓް ނޫން ކަމަށެވެ.

ލުކާކޫގެ މި ވާހަކަތަކާއި އެކު ޗެލްސީގެ ސަޕޯޓަރުންގެ އިތުރުން ކޯޗު ޓުޗެލް ވެސް ވަނީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޓުޗޭލް ބުނީ ލުކާކޫ އެގޮތަށް ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަން ބަލައި ނުގަނެވޭކަމަށެވެ. އަދި ލުކާކޫ އޭނާގެ ސިސްޓަމާއި މެދު ނުތަވަސް ކަމެއް ހުރިކަން އެނގިފައި ނުވާ ކަމަށާއި، އެ ވާހަކަތައް ލުކާކޫ ދެއްކުމުގެ ސަބަބުން ހައިރާން ކަމެއް ލިބުނު ކަމަށް ޓުޗޭލް ބުންޏެވެ.

ލިވަޕޫލާއި ޗެލްސީ ބައްދަލުކުރާ މެޗު ފަށާއި ރާއްޖޭ ގަޑިން މިރޭ 9:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް