ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ މޫނަށް އިންސްޓަގްރާމް ފިލްޓާޓަކުން ބަދަލެއް ނުގެނެވޭ ކަމަށް އަންހެނުން މީރާ ރާޖްޕުޓް ކަޕޫރު ބުނެފި އެވެ.
ފިލްމީ ދާއިރާ އާއި އެއްވެސް ގުޅުމެއް ނެތް މީރާ އިންޑިއާ އާއި ދުނިޔޭގައި މަޝްހޫރުވީ ޝާހިދާއި ކައިވެނި ކުރި ފަހުންނެވެ. މިހާރު އޭނާ އަކީ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ މީހަކަށް ވާއިރު އިންސްޓަގްރާމްގައި އޭނާގެ ފޭނުންނަށް މޮޅުކަމާއި އޭނާގެ ތަފާތު ކަމާއި ދެމަފިރިންގެ ގުޅުމުގެ މަޖާ، އުފާވެރި އަދި ތަފާތު ކަންކަން އޭނާ ހިއްސާ ކުރެ އެވެ.
މިއަދު މީރާ އާންމު ކުރި ވީޑިއޯއެއްގައި ޝާހިދާއި ދެމީހުން ފެންނަ އިރު މީރާ ދެމީހުންގެ މޫނަށް ފޯނު އަނބުރަމުން ފޫހި ފާޑަކަށް ބުނެފައިވަނީ ފިލްޓާތަކުން ޝާހިދުގެ މޫނަށް ބަދަލެއް ނާންނަނީ ކީއްބާއޭ ހިތައް އަރާ ކަމަށެވެ. އޭގެ ޖަވާބުގައި ޝާހިދު ބުނީ އެއީ އޭނާގެ މޫނަކީ ފުރިހަމަ މޫނަކަށް ވާތީ ފިލްޓާތަކުން ރީތި ކުރަން ނުޖެހެނީ ކަމަށެވެ.
އެހެން ބުނުމަށް ފަހު ޝާހިދު އޭނާގެ މޫނުގައި އަތް އަޅައި ފޮހެވެސް ލައެވެ.
https://www.instagram.com/p/CYOSSVpIHGB/
މީރާގެ މި ވީޑިއޯއަށް މިހާތަނަށް 75،000 އަށްވުރެ ގިނަ މީހުން ލައިކް ދީފައިވެ އެވެ. މިހާރު މީރާގެ އިންސްޓަގްރާމް 3.1 މިލިއަން މީހުން ފޮލޯކުރެ އެވެ.
މީރާގެ ދެއްކުންތެރިކަމަކީ އިންޑިއާގައި އެ ދެމަފިރިންގެ ސަޕޯޓަރުންނޫނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ކަންކަމެވެ. ހާއްސަކޮށް އާންމު ތަންތަނުގައި ކުރު ސޯޓު ލުމަކީ މީރާއަށް އެންމެ ގިނަ ބައެއްގެ މަލާމާތް ރައްދުވާ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް