މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މެސީ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކޮށްފައިވަނީ ޕީއެސްޖީން މިއަދު އާންމުކުރި ބަޔާނެއްގައެވެ.
ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ތަރި، ކޮވިޑަށް ފައްސިވުމާއެކު މިހާރު އޭނާ ވަނީ ޓީމުން އެކަހެރި ކުރެވިފައެވެ.
އެއާއެކު ފްރާންސް ކަޕްގައި މާދަމާރޭ ޕީއެސްޖީން ވެނީސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި މެސީ ނުކުޅޭނެއެވެ.
ކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މެސީ ކޮވިޑަށް ފައްސިވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. ނަމަވެސް ސެލްފް އައިސޮލޭޝަންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ.
މެސީގެ އިތުރުން ޖުއާން ބާނަޓް، ސަޖިއޯ ރިކޯގެ އިތުރުން ނަތަން ބިއުމަޒަލާ ވެސް ވަނީ ކޮވިޑްއަށް ފައްސިވެ ޓީމުން އެކަހެރި ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް