ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އޯޕީޑީ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައު އޯޕީޑީ އިމާރާތް ހެދުމުގެ ޢަމަލީ މަސައްކަތް 23 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފެށިފައި ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއ...

02 Jan 2022 | 11:44

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައު އޯޕީޑީ އިމާރާތް ހެދުމުގެ ޢަމަލީ މަސައްކަތް 23 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފެށިފައި ކަމަށް އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ހާމަ ކުރާ ގޮތުގައި ކޭއާރުއެޗް ގައި އަލަށް ހަދާ އޯ.ޕީ.ޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ޙާއްޞަ 21 ރޫމާކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖަރ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ޤާއިމް ކުރާނެއެވެ.

މިއީ މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން 180 ދުވަހުގެ ތެރޭގައިި ނިންމުމަށް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 20.22 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޭއާރްއެޗް އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޚާއްސަ ދާއިރާތަކުން ސްޕެޝަލައިޒް ޑޮކްޓަރުން މަސައްކަތް ކުރައްވާ ހޮސްޕިޓަލެކެވެ. އަދި ބޮޑެތި އޮޕަރޭޝަންތަކާއި ކުދި އޮޕަރޭޝަންތަކުގެ ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ.

2020 ވަނަ އަހަރު އެކަނިވެސް ރާއްޖޭގެ 184 ރަށެއްގެ 101،362 މީހުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައި ވެއެވެ. އަދި މިއީ އުތުރުގެ އަތޮޅުތަކުން އެންމެ ގިނަ ކޯވިޑް ސާމްޕަލްވެސް ޓެސްޓް ކުރާ ހޮސްޕިޓަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް