ޝުރޭހު އަދިވެސް ނުފެނޭ

ބޯވާ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ހދ. ކުމުންދޫ އުމުރުން21 އަހަރުގެ ޝުރޭހު ހަސަން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އޭނާ ގެއްލުނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަންދިޔަ "ޖަންނު"...

02 Jan 2022 | 08:17

ބޯވާ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ހދ. ކުމުންދޫ އުމުރުން21 އަހަރުގެ ޝުރޭހު ހަސަން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އޭނާ ގެއްލުނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަންދިޔަ "ޖަންނު" ކިޔާ ލޯންޗަކުން މޫދަށް ފޭބިތަނުންނެވެ. ޝުރޭހު ގެއްލިގެން ހޯދާތާ މިހާރު ދެ ދުވަސް ވެއްޖެ އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް ޝުރޭހު އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށެވެ. އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ޑައިވްކޮށްގެން 55،000 އަކަ މީޓަރު ބަލައިފަ އެވެ. އަދި ސްނޯކެލް ކޮށްގެން 36،000 އަކަމީޓަރުގެ ސަރަހައްދެއް ބަލި ނަމަވެސް އޭނާ ނުފެންނަ ކަމަށް ބުނެ އެވެ.

އަދި ފަހުން ގިރާވަރު ކަނޑުގެ69.3 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެކަމަކު މިހާތަނަށް ޝުރޭހުގެ އެއްވެސް ހިލަމެއް ނުވާ ކަމަށް ބުނެފައިވެ އެވެ.

އެއާއިލާ އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޝުރޭހުއަކީ ގްރޭޑް5 ން ފެށިގެން މާލޭގައި ކިޔަވަމުންދިޔަ މީހެކެވެ. މިހާރު އޭނާ ވަޒިފާއެއް އަދާ ކުރާއިރު މެކޭނިކަލް އިންޖިނިއަރިން ކޯހެއް ދަނީ ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް