ހޯމް ސްޓޭ ވިޔަފާރިއަކީ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރުފައިސާ ހިފަހައްޓަން ލިބޭ ފުރުސަތެއް: ޓޫރިޒަމް މިނިސްޓަރ

ހޯމް ސްޓޭ ވިޔަފާރިއަކީ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރުފައިސާ ހިފަހައްޓަން ލިބޭ ފުރުސަތެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ރައްޔިތުންނަށް އަމިއްލަ...

02 Jan 2022 | 07:06

ހޯމް ސްޓޭ ވިޔަފާރިއަކީ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރުފައިސާ ހިފަހައްޓަން ލިބޭ ފުރުސަތެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތެއް ތަނަވަސް ކުރުމަށް އެމްޑީޕީން ވެފައިވާ ވަޢުދުގެ ތެެރެއިން ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފްކުރުމަށް މ. ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިންނަށް މަރުޙަބާކިޔުމާއި މެހެމާންދާރީ ރަނގަޅަށް އަދާކުރެވެނީ އެއީ ހިތުގެ އަޑިން ކުރެވޭކަމަކަށްވުމުން ކަމަށެވެ. އަދި އިންވެސްޓަރުން ހޯދައި ކިތަންމެ ބައިވަރު ގެސްޓްހައުސްއެއް ހެދުނުނަމަވެސް ފަތުރުވެރިންގެ ހިތްތަކުން ޖާގަހޯދޭނީ އެފަދަ މެހުމާންދާރީއެއް އަދާކުރެވިގެންކަމަށެވެ.

"ދިއްގަރުން ޙައިރާން ކުރުވާފަދަ ދަރަޖައެއްގައި އަބަދުވެސް އެފަދަ މެހެމާންދާރީ ފެނޭ. އަދި ދިއްގަރަށް މިފުރުސަތު އެންމެ ފުރަތަމަ ލިބުނު މައިގަނޑު ސަބަބަކީ ރަށުގެ ޒުވާނުން އެންމެ ގިނަ ޢަދަދަކަށް މަސައްކަތްކުރަމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަށްވާތީ. އަދި އެފަރާތްތަކާއި ކައުންސިލް ގުޅިގެން ކުރި ބުރަމަސައްކަތުން." ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ މިއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ފެނިގެންދާނެ ކާމިޔާބު ކޮންސެޕްޓަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް