އެމްޕީއެލް ޔުނިފޯމްގައި ހުރެ އަންހެނަކަށް ބިރުދެއްކި މީހެއްގެ މައްސަލަ ބަލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޔުނިފޯމް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފަކު އަންހެނަކަށް ބިރުދައްކައި އިންޒާރުދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުން އެ މައްސަލަ އެ ކުންފުނިން ބަލަ...

02 Jan 2022 | 06:14

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޔުނިފޯމް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފަކު އަންހެނަކަށް ބިރުދައްކައި އިންޒާރުދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުން އެ މައްސަލަ އެ ކުންފުނިން ބަލަން ފަށައިފި އެވެ.

މިކަން ހިނގާފައިވަނީ އެމްޕީއެލްއިން ހިންގާ މާލޭ ނޯތް ހާބަރު ތެރޭގައި އެވެ.

ވީޑިއޯއިން ފެންނަނީ މެދު އުމުރުގެ އަންހެނަކާއި ދިމާލަށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި އަނގަ އާއި އިނގިލީގެ އިޝާރާތުން އެމްޕީއެލްގެ ޔުނިފޯމް ލައިގެން ހުރި ފިރިހެނަކު އިންޒާރު ދޭތަނެވެ.

އެ މަންޒަރު ބަލަން ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެ ތިބި އިރު އެ ވަގުތަކީ ނޯތް ހާބަރުގައި ކާރޫބާރޫ ބޮޑު ވަގުތެއްކަން ވީޑިއޯއިން އެނގެ އެވެ.

އެ އަންހެން މިހާއާއި ދިމާލަށް ހަޑި ހުތުބަހުން ފިރިހެން މީހާ މުއާމަލާތް ކުރަން ފެށުމުން އެމްޕީއެލްގެ ސެކިއުރިޓީ އެތަނަށް ގޮސް ފިރިހެން މީހާ އެތަނުން ދިއުމަށް އަންގަ އެވެ. އަދި ފިރިހެން މީހާ ދިއުމުން އަންހެން މީހާ ކައިރީވެސް އިޝާރާތުން ނޯތް ހާބަރުން ނުކުތުމަށް އެންގުމުން އަންހެން މީހާ ހިނގައިގެންނަތަން ފެނެ އެވެ.

މި ކަމާއި ގުޅިގެން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔުނިފޯމް ލައިގެން ހުރެ އެ ކުންފުނީގެ މުވައްޒަފަކު ކުރި އެ އަމަލު ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުންފުނިން ބަލަމުންދާ ކަމަށާއި ގަވައިދުތަކުގެ ތެރެއިން އެ މުވައްޒަފަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް