މުރައިދޫ ބަނދަރުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ސައިޓް މޮބިލައިޒް ކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓ...

02 Jan 2022 | 04:44

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ސައިޓް މޮބިލައިޒް ކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

އެ ކުންފުނިން ބުނީ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ އިއްޔެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މުރައިދޫ ބަނދަރު ފުންކުރުމާއި 407 މީޓަރުގެ ބޭރު ތޮށި ލާނެ އެވެ. އަދި 50 މީޓަރުގެ ގްރޮއިން ޖެހުމާއި 105 މީޓަރުގެ ރިވެޓްމެންޓު ޖަހާނެ އެވެ.

މީގެ އިތުރުން 212 މީޓަރުގެ އެއްގަމު ތޮށިލުމާއި ނުވަ މީޓަރު ފުޅާ އަދި ނުވަ މީޓަރު ދިގު ރޭމްޕެއް ހަދާނެ އެވެ. މަޝްރޫއު އެއްކޮށް ނިންމާލާއިރު ދެ މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހަދާނެ އެވެ.

މި މަޝްރޫއު އެމްޓީީސީސީން ނިންމާއިރު ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން 1،703.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހަދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންްފުންޏާއި ހަވާލުކޮށްފައިވަނީ 33.27 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ތެރޭގައި އެވެ.

މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް