ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސްޕަމާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފަށައިފިއެވެ.
ރެޑްވޭވް ރޯދަ ސޭލް އިން ކާބޯތަކެތީގެ އިތުރުން ހިފާގެންގުޅޭ ސާމާނު ލިބެން ހުންނާނެއެވެ.
މިއަދުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަަކަށް ކޫޕަނެއް ލިބޭނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ނަސީބުވެރި ފަރާތްތަކަށް ފައިސާގެ ބޮޑެތި އިނާމްތަކެއް ކަނޑައެޅިފައި ވެއެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމު ކަނޑައަޅާފައި ވާއިރު ، ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000ރގެ ފައިސާގެ އިނާމު ކަނޑައެޅާފައިވެއެވެ.
އަދި މި ޕްރޮމޯޝަނުގެ ދަށުން، ރެޑްވޭވް ބްރޭންޑް ތަކުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމެއް ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް