މިދިޔަ އަހަރު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރާތް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން އަންދާޒާ ކުރި ވަރަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މަޖިލީހުން ރިޕޯޓެއް އެކުލަވާލި ކަމަށެވެ. އެ ރިޕޯޓުގައި މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވާނީ 450،000 އާއި 641،000 އާއި ދެމެދުގެ އަދަދެއް ކަމަށެވެ.
މި ޓުވީޓާއި އެކު ނަޝީދު ވަނީ މަޖިލީހުން އެކުލަވާލި ރިޕޯޓުގެ ގަނޑެއްގެ ކޮޕީއެއްވެސް އާންމު ކުރައްވާފައި އެވެ.
https://twitter.com/MohamedNasheed/status/1345381540881072129
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރު ރާއްޖެއަށް 555،213 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރަނީ ރަޝިއާ، އިންޑިއާ އަދި އިނގިރޭސިވިލާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް