މިއަދު ކޯވިޑަށް ޕޮސިޓިވްވީ މާލެއިން 17 މީހުންނާއި ރިސޯޓުތަކުން 13 މީހުން

ރާއްޖެއިން އިތުރު 30 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލޭއިން 17 މީހުންނާއި ރިސޯޓުތަކުން 13 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓުކޮށްފައިވަނީ 2،105 ސާމްޕަލެވެ. މިވަގ...

02 Jan 2021 | 18:07

ރާއްޖެއިން އިތުރު 30 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލޭއިން 17 މީހުންނާއި ރިސޯޓުތަކުން 13 މީހުންނެވެ.

މިއަދު ކޮވިޑަށް ޓެސްޓުކޮށްފައިވަނީ 2،105 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 613 މީހުންނަށެވެ. އޭގެ ތެރެއިން 29 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 13،166 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 48 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވީ 13،834 މީހުންނެވެ.

https://twitter.com/HPA_MV/status/1345414360722714624

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް