ޓެރަރިޒަމްގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި

ޓެރަރިޒަމްގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި އެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މެންދުރު 13:30 ހާއިރު ކަމަށެވެ. އެމީހާ އަށް ޓެރަރިޒަމްގެ ...

02 Jan 2021 | 13:59

ޓެރަރިޒަމްގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މެންދުރު 13:30 ހާއިރު ކަމަށެވެ. އެމީހާ އަށް ޓެރަރިޒަމްގެ ތުހުމަތު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ހުރެ ބޮމެކޭ ކިޔައިގެން ވާހަކަ ދެއްކުމުންނެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް