ޔޫތް އެކަޑަމީ އާއި ޔޮނަދޫ ޔޫތް އެސޯސިއޭޝަން (ފިޔަ) ޖަމްޢިއްޔާއިން ގުޅިގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން އެ އަތޮޅު ފޮނަދޫގައި ހޭންޑް ބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ޔޫތް އެކަޑަމީން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތަކީ ލާމު އަތޮޅުގެ އަންހެން ކަނބަލުންނަށް ޚާއްސަކުރެވިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު މިހާރު ހަމަވެފައިވާއިރު، މި މުބާރާތުގައި 14 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ
ލާމު ޔޫތް މޫވްމަންޓް (އެލްވައިއެމް)
ހޭޅި
ލާމް ޔޫތްް ޑެވެލޮޕްމަންޓް (އެލްވައިޑީ)
ކަލައިދޫ ކައުންސިލް ޓީމް ރަނި
ޑީބީ ސްޕޯޓްސް ކުލަބް
ކުރިގަމް ކަނބަލުން
ގޯޅި ސްޕޯޓްސް ކުލަބް
ގަން ރީޖަނަލް ހޮސްޕިޓަލް
ރެހެންދި
ޓީމް ނިރުވާނާ
ޑަބްލިއުޑީސީ
ތުނޑި ރިވޮލިއުޝަން ޔޫތް (ޓްރައި)
ކާމް އެމްބީޑީ
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 10 ވަނަ ދުވަހު ލ. ފޮނަދޫ ކުރިގަމު އަވަށު އަލަށް އާބާދުވި ސަރަހައްދުގެ ކުޅޭ ބިމުގައެވެ.
ޔޫތް އެކަޑަމީއިން މި ފަދަ ހޭންޑްބޯޅަ މުބާރާތެއް ޑބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ނަމަ ވެސް ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާއި ދިމާކޮށް ބޭއްވުމަށް ނިންމާފައިވާ މުބާރާތެއް ކަމަށް އެފަރާތުން ބުނެއެވެ.
މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޔުނިކްސް ސްޕޯޓިންގް ގެ ފަރާތުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިމުމައްވެސް ވަނީ ހަމަޖައްސާފައެވެ.
މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް