ޑޮމެސްޓިކް ދަތުރުތަކުގައި މުއްދަތުހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރުން ހުއްޓާލައިފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރުން ހުއްޓާލައިފި އެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ އިއްޔެއިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެ...

02 Jan 2021 | 08:52

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރުން ހުއްޓާލައިފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ އިއްޔެއިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިހާރު އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާއިރު އެއާޕޯޓުގެ ސެކިއުރިޓި ޗެކްޕޮއިންޓް ތަކުން ދިވެހިންގެ ރަސްމީ ލިޔެކިޔުމުގެ ގޮތުގައި ބަލައިގެންނާނީ މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޕާސްޕޯޓު އަދި ޑްރައިވިން ލައިސެންސް ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އައިޑީކާޑު ހެދުމުގެ ހިިދުމަތް ދެނީ އެޕޮއިންޓްމެންޓު ދޫކޮށްގެންނެވެ. އަދި ކޮންމެ ދުވަހަކު ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރީޝަން (ޑީއެންއާރު) އިން ހިދުމަތް ދެނީ ވަކި އަދަދެއްގެ މީހުންނަށެވެ.

https://twitter.com/AVSECOMmv/status/1345287184148910081

އޭވިއޭޝަން ސެކިއުރީޓީ ކޮމާންޑުން އަމަލު ކުރަމުން އައި އުސޫލަށް ބަދަލު ގެނަޔަސް އެހެން އިދާރާއަކުން އައީޑީކާޑާއި ގުޅޭ މިފަދަ ބަދަލެއް އަދި ނުގެނެ އެވެ.

މުއްދަތު ހަމަވެފައިވާ އައިޑީކާޑު އެކި ހިދުމަތްތައް ހޯދުމުގައި ބޭނުން ކުރެވޭނެ ގޮތަށް ގައިޑްލައިނެއް އެކުލަވާލައި އަމަލު ކުރުމަށް ނިންމީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު ކޯވިޑް ކޮންޓްރޯލް ނުވާތީ އޭގެ ފަހުން މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް