20 އަހަރަށްފަހު ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާ ކުރައްވައިފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރައްވައިފި އެވެ. އޭނާ އަމިއްލައަށް ވަޒީފާއިން ވަކިވެވަޑައިގެންނެވީ 20 އަހަރާއި އެއް މަސް ދުވަހު ...

02 Jan 2021 | 08:22

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރައްވައިފި އެވެ.

އޭނާ އަމިއްލައަށް ވަޒީފާއިން ވަކިވެވަޑައިގެންނެވީ 20 އަހަރާއި އެއް މަސް ދުވަހު ފުލުހުންގެ ވަޒިފާގައި އެކި މަގާމުތައް އަދާ ކުރެއްވުމަށް ފަހު އެވެ. ފައިރޫޝް ފުލުހުންގެ ވަޒީފާ އާއި ގުޅިވަޑައިިގެންފައިވަނީ 1998 އޮކްޓޯބަރު 12 ވަނަ ދުވަހު އެވެ.

މި މުއްދަތުގެ ތެރޭގައި ފައިރޫޝް ވަނީ މަތީ ތައުލީމުގެ ފަސް ކޯހެއް ފުރިހަމަ ކޮށްފައި އެވެ. އެއީ ޑިޕްލޮމާ އިން ކޮމްޕިއުޓާ ސްޓަޑީސް، ޕޯސްޓް ގްރެޖުއޭޓް އިން އިންޓަނޭޝަނަލް ސެކިއުރިޓީ ސްޓަޑީސް، މާސްޓާ އޮފް ރިސާޗް އަދި މާސްޓާ އޮފް އިންޓަނޭޝަނަލް ސެކިއުރިޓީ ސްޓަޑީސްގެ އިތުރުން ޑޮކްޓާ އޮފް ފިލޯސަފީ އިން ޕޮލިސިން އިންޓެލިޖެންސް އެންޑް ކައުންޓާ ޓެރަރިޒަމް އެވެ.

ރާއްޖެއާއި، އެމެރިކާ، އިންޑިއާ ޖަރުމަނުވިލާތް އަދި ކެނެޑާއިން ފުލުހުންގެ ދާއިރާ އާއި ގުޅޭ 17 ކޯހެއް ފުރިހަމަ ކުރައްވާފައިވެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަނީ ފައިރޫޝް ފުލުހުންގެ އިދާރާގައި ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކާމިޔާބަށް އެދިވަޑައިގެންނެވި އެވެ.

https://twitter.com/M_Hameedh/status/1345273039248756737

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާ އެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ނުރުހުން ފައިރޫޝްއަށް އަމާޒުވަމުން ދަނިކޮށް މި ސަރުކާރުގައި އަލުން ފައުރޫޝްއަށް ފުލުހުންގެ އިސް މަގާމެއް ދިނުމުން ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް