އިނގިރޭސިވިލާތުން ރަސްމީކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިއްޖެ އެވެ.
އެ ގައުމުން ސިފަ ކުރަނީ މިއީ ލިބުނު އާ މިނިވަން ކަމެއްގެ ގޮތުގައި އެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރޮބިސް ޖޯންސަން ވިދާޅުވީ އީޔޫއިން ވަކި ވުމުން ލިބުނު އިތުރު މިނިވަން ކަމުގެ ބޭނުންކުރާނެ ގޮތެއް އެނގޭނީ ގައުމުގެ އެންމެހާ ރައްޔިތުންނަށް ކަމަށެވެ.
އީޔޫއިން އިނގިރޭސިވިލާތް ރަސްމީކޮށް މިދިޔަ އަހަރު ވަކިވި ނަމަވެސް އިތުރު އާ އެއްބަސްވުންތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެއްކޮށް ވަކިވެފައި އެއް ނުވެއެވެ. އެ އެ އެއްބަސްވުންތަކުގެ ދަށުން ވިޔަފާރިއާއި އިމިގްރޭޝަނާއި ގުޅުންހުރި ދާއިރާތަކުން އެއްބަސްވުމަކަށް އާދެވިފައިވާކަން މީގެ މަހެއްހާ ދުވަސް ކުރިން އިއުލާނުކޮށްފައި އެވެ.
އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތާއި އީޔޫއާ ދެމެދު އިމްޕޯޓް އެކްސްޕޯޓް ޓެކުހާ ނުލައި ވަކި ގަވައިދުތަކެއްގެ ތެރެއިން މުދަލުގެ ވިޔަފާރި ކުރެވޭނެ އެވެ. އަދި އިނގިރޭސި ރައްޔިތުންނަށް ޔޫރަޕްގެ އެހެން ގައުމުތަކުގައި އަދި ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގައި ދިރިއުޅުމާއި އުނގެނުމާއި މަސައްކަތް ކުރުމާއި ވިޔަފާރިއެއް ފެށުމަށް އަމަލު ކުރަން ޖެހޭ ގަވާއިދުތަކެއް ހަދައިފަވެ އެވެ.
އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމުގެ މަސައްކަތް ރަސްމީކޮށް ފެށީ 2016 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް