"ނަލަ ރީތި ކުނބުރުދޫ" ގެ ނަމުގައި ކުނބުރުދޫ ތުނޑީ ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

"ނަލަ ރީތި ކުނބުރުދޫ"ގެ ނަމުގައި އދ. ކުނބުރުދޫ ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ. މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އެ ރަށުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެހިވިނަ ސްޕޯޓްސް ކްލަބ...

02 Jan 2021 | 04:34

"ނަލަ ރީތި ކުނބުރުދޫ"ގެ ނަމުގައި އދ. ކުނބުރުދޫ ސާފު ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އެ ރަށުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެހިވިނަ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން، އެ ރަށު ކައުންސިލާއި، ސުވާސާ އިން ގެސްޓް ހައުސް އާއި، ވިޒިޓް ކުނބުރުދޫ ގުޅިގެންނެވެ. މި ހަރަކާތުގެ ދަށުން ސާފުކޮށްފައިވަނީ އެ ރަށު ތުނޑީ ސަރަހައްދެވެ.

އެ ހަރަކާތުގައި އެ ކްލަބްގެ މެމްބަރުންނާއި، ރަށުގެ މުޢައްސަސާތަކާއި، އެހެން ކްލަބް ޖަމުޢިއްޔާތަކާއި، ރަށުގެ ކުދި ބޮޑު އާންމުން ހިމެނޭ ގޮތަށް 80 އެއްހާ މީހުން ބައިވެރިވި ކަމަށް އެ ކްލަބުން މައުލޫމާތު ދެ އެވެ.

ފެހިވިނަ ކްލަބުން ބުނީ މުސްތަޤުބަލިގައި މިއަށްވުރެ ފުޅާކޮށް އެ ހަރަކާތް ކުރިޔަށް ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އަހަރަކު މަދުވެގެން އެއްފަހަރު މުޅި ރަށް ސާފު ކުރުމުގެ ބޮޑު ހަރަކާތްތެއް ކުރިޔަށް ގެންދަން މަސައްކަތް ކުރާނެ ކަމަށް މަޢުލޫމާތުދެއެވެ.

ތުނޑި ސާފު ކުރުމަށް ފަހު އެ ކްލަބުން ވަނީ ތުނޑިއާއި ރަށުގެ ބައެއް މުހިންމު ސަރަހައްދުތައް ފާހަގަ ކުރުމަށާއި، އިޖުތިމާޢީ ސާފުތާހިރުކަމުގެ ރީތި އާދަތައް ދެމެހެއްޓުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޯޑުތަކެއް ހަރުކޮށްފައި އެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓްރީވެ، ހަރަކާތްތެރިވަމުން އަންނަ ފެހިވިނަ ސްޕޯޓްސް ކްލަބުން އަންނަނީ ކުނބުރުދޫގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ތަރައްޤީއަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް