ނަރުދުއަށް ވަރަށް ބޮޑަށް ރާޅު އަރައިފި

ށ. ނަރުދުއަށް ވަރަށް ބޮޑަށް ރާޅު އަރައި ގެއްލުންތަކެއް ލިބިއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ނިޒާރު ވިދާޅުވީ ރޭ ދަންވަރު 02:00 ހާއިރު ރާޅު އަރަން ފެށިގޮތަށ...

02 Jan 2021 | 02:11

ށ. ނަރުދުއަށް ވަރަށް ބޮޑަށް ރާޅު އަރައި ގެއްލުންތަކެއް ލިބިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ނިޒާރު ވިދާޅުވީ ރޭ ދަންވަރު 02:00 ހާއިރު ރާޅު އަރަން ފެށިގޮތަށް ހުއްޓުމެއް އައީ އިރު އެރި ފަހުން ކަމަށެވެ.

"ބަނދަރު ފަޅިން ރާޅު އެރީ، ގެތައް ހުންނަނީ ގާތްގަނޑަކަށް 300އެއްހާ ފޫޓު ދުރުގަ، ހަތް ގެއަކަށް ރާޅުގެ އަސަރު ކޮށްފައިވޭ، ބައެއް ގޭގޭގެ ގޯތިތެރެއަށާ، ބަދިގެ އަދި ކާގެއަށް އަސަރުކޮށްފައިވޭ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރާޅު އަރަން ފެށުމާއެކު، ރައްޔިތުންނަށް ގޮވައިގެން، ރަށުން ލޮނުގަނޑު ބޭރުކުރުމުގެ މަސައްކަތާއި ރާޅުގެ އަސަރު ކުރި ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމުގެ ރިޕޯޓް، ފުލުހުންނަށާއި، ސިފައިން އަދި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް މިހާރު ކޮށްފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް