ލ ކައްދޫގައި ގާއިމްކޮށްފައިވާ އިސްކަންދަރު ވައިގެ މަރުކަޒުގައި ކާގޯ އޮފީހަކާއި ސީއައިޕީ ލޯންޖެއް ހުޅުވައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މޭޖަރ އަހްމަދު ޝަރީފް ވިދާޅުވީ އިއްޔެ ހަވީރު އިސްކަންދަރު ވައިގެ މަރުކަޒުގައި ދެ ރަސްމިއްޔާތެއް ބާއްވާފައިވާކަމަށާއި އެއް ރަސްމިއްޔާތަކީ ކާގޯ އޮފީހެއް ހުޅުވުން ކަމަށާއި އަނެއް ރަސްމިއްޔާތުގައި ސީއައިޕީ ލޯންޖެއް ހުޅުވާފައިވާކަމަށެވެ.
ޝަރީފް ވިދާޅުވީ ކާގޯ އިސްކަންދަރު ވައިގެ މަރުކަޒުގައި ކާގޯ އޮފީހެއް ހުޅުވުމުން އެ ސަރަހައްދުގައި ދިއިރުޅުއްވާ ރައްޔިތުންނަށް މިހާރުން ފެށިގެން މޯލްޑިވިއަން އެކްސްޕްރެސް ކާގޯގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ. އިއްޔެ އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ކާގޯ އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޙާރިޝް ކަމަށެވެ.
އިއްޔެ ހަވީރުގެ އެ ރަސްމިއްޔާތަށްފަހު ސީއައިޕީ ލޯންޖެއް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު "ކިނބި ލޯންޖް" ނަމުގައި ހުޅުވިގެންދިޔަ ލޯންޖް އިފްތިތާހްކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ކަމުގައި ޝަރީފް ވިދާޅުވި އެވެ. އަދި އެ ދެ ރަސްމިއްޔާތުގައިވެސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ސަރަހައްދުގެ ސަރުކާރު އޮފީސްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމުގައިވެސް ޝަރީފް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް