ނެސްމާ އެމްބްރޮއިޑަރީ ނަމަކަށްކިޔާ އެ ކުންފުންޏަކީ އެގައުމުގެ މަހުޖަނެއް ކަމުގައިވާ ޝެއިހް ސާލިހް އަލް ތުރުކީ ނަމަކަށް ކިޔާ މީހެކެވެ. ކުންފުނި ހިންގަމުން އަންނަނީ އޭނާގެ އަންހެން ދަރި ނޫރާ އަލް ތުރުކީގެ ބެލުމުގެ ދަށުންނެވެ.
ސައުދީގައި މި ކުންފުނި ފާހަގަކޮށްލެވެނީ ވަޒީފާގެ ފުރުސަތު ދިނުމުގައި އަންހެން ކަނބަލުންނަށް އިސްކަން ދޭތީ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދޭކަމީވެސް މި ކުންފުނި ހާއްސަ ވާ އެއް ސަބަބެވެ.
ސައުދީ ނޫހެއްގައިވާގޮތުން އެ ކުންފުނީގައި ވަޒީފާ ދިނުމުގައި އިސްކަންދެނީ އަންހެން ކަނބަލުންނަށެވެ. ހާއްސަކޮށް ކުދި އަވަށްތަކުގައި އުޅޭ އަންހެންކަނބަލުންނަށް ފުރުސަތު ދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަކެމެއްކަމުގައި އެނޫހުގައި ބުނެފައި ވެ އެވެ.
އެ ނޫހުގައި ވާގޮތުން 2009ގައި ފެށި އެ ކުންފުނި އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އަދި ސައުދީގެ ކޮންމެ އަވަށެއްގައި ކުންފުނީގެ ފެކްޓަރީއެއް ހެދުމަށް ދެކެމުން އަންނަ ހުވަފެން ފުރިހަމަވާން ގާތްވެފައިވާކަމުގައިވެސް އެނޫހުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް