ތުރުކީގެ ނައިޓް ކްލަބެއްގައި 39 މީހަކު މަރާލި ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

އައު އަހަރު ފާހަގަކުރުމަށް ޕާޓީއެއް ކުރިއަށް ދަނިކޮށް ދެމީހަކު ވަދެ ބަޑިން ހަމަލާދީ 39 މީހަކު މަރާލާފައިވާއިރު އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި އެވެ. އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއ...

02 Jan 2017 | 11:24

އައު އަހަރު ފާހަގަކުރުމަށް ޕާޓީއެއް ކުރިއަށް ދަނިކޮށް ދެމީހަކު ވަދެ ބަޑިން ހަމަލާދީ 39 މީހަކު މަރާލާފައިވާއިރު އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި އެވެ.

އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު އެ ހަމަލާ ދީފައިވަނީ ސަންޓާ ކްލައުސްގެ ހެދުމުގައި ދެމީހަކު ހަތިޔާރާއެކު ވަދެ ބަޑިން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި 39 މީހަކު މަރުވެފައިވާއިރު 100 އާއި ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައި ވެ އެވެ.

ތުރުކީގައި މިފަދަ ހަމަލާތައް މި ފަހަކަށް އައިސް އިތުރުވެފައިވާއިރު ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ބުނެފައިވަނީ ޓެރަރިސްޓުންގެ ހަމަލާތަކަށް އެ ގައުމު ފަސް ނުޖެހޭނެ ކަމަށާއި އަދި ޓެރަރިސްޓުން ބަލި ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް