ކުރިނބީ ކައުންސިލްގައި ހުންނެވި ހަމަ އެކަނި އަންހެން މެމްބަރު އިސްތިއުފާ ދެއްވައިފި

ހދ ކުރިނބީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ހަމަ އެކަނި އަންހެން ކައުންސިލަރ ފާތިމަތު އިނާޔާ އިސްތިއުފާ ދެއްވައިފި އެވެ. ކުރިނބީގައި ނެރޭ ނޫހެއް ކަމުގައިވާ "ކުރިނބީލައިވް"ގައި ބުނެފައިވަނީ އިނާ...

02 Jan 2017 | 11:11

ހދ ކުރިނބީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ހަމަ އެކަނި އަންހެން ކައުންސިލަރ ފާތިމަތު އިނާޔާ އިސްތިއުފާ ދެއްވައިފި އެވެ.

ކުރިނބީގައި ނެރޭ ނޫހެއް ކަމުގައިވާ "ކުރިނބީލައިވް"ގައި ބުނެފައިވަނީ އިނާޔާގެ އިސްތިޢުފާގެ ސިޓީ ކުރިނބީ ކައުންސިލަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ހާއިރުކަމަށް ކުރިނބީ ކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފައި ކަމަށެވެ. އިސްތިޢުފާ ދެއްވިކަން އިނާޔާވަނީ ކުރިނބީ ލައިވް އަށްވެސް ކަށަވަރުކޮށް ދެއްވާފައިކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

"އިސްތިއުފާގެ ސިޓީގައި އިނާޔާ ވިދާޅުވެފައިވަނީ މިވަޤުތު ހާލަތު ހުރިގޮތުންނާއި އެހެން ދާއިރާއަކުން ކުރިއަށް ދިއުމަށް ނިންމާފައިވާތީވެ ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދިނީކަމަށެވެ. އަދި ކައުންސިލްގައި ހޭދަވީ 34 މަސް ދުވަހު ކައުންސިލްގެ ރައީސް، ނައިބްރައީސް، ކައުންސިލް މެމްބަރުން އަދި އިދާރީ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އިނާޔާވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ދުޢާ އަކީ ކުރިނބީ ރައްޔިތުންނަށް އަބަދުވެސް ރަނގަޅުގޮތް މިންވަރު ކުރެއްވުން ކަމަށްވެސް އިނާޔާގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ." އެ ނޫހުގައި ބުނެފައި ވެ އެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އިނާޔާއަކީ މިދިޔަ ކައުންސިލް އިންތިޙާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކައުންސިލަށް އިންތިޙާބުވި މެމްބަރެއް ކަމަށާއި އިނާޔާ އިސްތިޢުފާ ދެއްވުމުން މިހާރު ކުރިނބީ ކައުންސިލްގައި ތިއްބަވާނީ އެމްޑީޕީ ތިން ކައުންސިލަރުންނާއި ޕީޕީއެމް އެއް ކައުންސިލަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް