ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން މަސައްކަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ން 30 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނަކީ މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވެފައިވާ މަސައްކަތްތަކާ ގުޅުންހުރި މަޢުލޫމާތުތައް ލިބިފައިވާ ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އިންޑޯ އަދި އައުޓްޑޯ ކުލާސްތައް ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކުށުގެ ވެއްޓަށ ފުރަތަމަ ހާޟިރުވާ ފުލުހުންގެ ޒިންމާތަކާއި ކުށުގެވެށި ހިމާޔަތްކުރުމާއި ކުށުގެވެށި ތަހުޤީޤްކުރުމުގައި ފްރޮންޓްލައިން ފުލުހުން އަދާކުރަންޖެހޭ ޒިންމާތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވާކަމަށާއި އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނާމެދު ޢަމަލު ކުރަންޖެހޭ ގޮތްތަކާއި ކަސްޓޯޑިއަލްގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވައިނީ މީގެއިތުރުން މި ޕްރޮގްރާމުގައި ވަނީ ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނަށް ރެސްޓްރޭނިން ޓެކްޓިކްސް ހުނަރުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާކަމަށާއި މި ޕްރޮގްރާމުގައި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ 15 ފުލުހުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމްތަކުގައި ކުލާސްތައް ނަގައިދީފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް