ކުޅުދުއްފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައި 30 ފަރާތަކާއިމެދު ފިޔަވަޅު އަޅައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 31...

02 Jan 2017 | 10:13

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ހަވީރު ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ވަނީ ރަށުގެ އެކި ސަރަޙައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށް، ކުޅުދުއްފުށީގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކަކީ ޤަވާއިދާ އެއްގޮތަށް ހުރި އުޅަނދުތަކެއްތޯ ބަލާފައި ކަމަށެވެ.

އެގޮތުން އުޅަނދުތަކުގެ ރޯޑްވާދިނަސް އާއި އަހަރީ ފީ އާއި އިންސްއަރެންސް ސްޓިކާގެ މުއްދަތު ހަމަވެފައިވޭތޯ ބެލުމުގެ އިތުރުން ޓްރެފިކް އެކި ވައިލޭޝަންތަކަށް ބަލާފައިވާކަމަށާއި މި އޮޕަރޭޝަނުގައި 171 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި 30 ފަރާތަކާމެދު ފިޔަވަޅުއަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް