ކެލިފޯނިއާގެ އަންހެނަކަށް އެއްމާބަނޑު ދެކުދިން ލިބުނީ ދެ އަހަރު !

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ކެލިފޯނިއާގެ އަންހެނަކަށް އެއްމާބަނޑު ދެ ދަރިން ދެ އަހަރު ލިބިއްޖެ އެވެ. ފޮކްސް ނިއުސްގައިވާގޮތުން ސެންޑިއޭގޯގެ "ޝާޕް މަރީ ބާރޗް" ހޮސްޕިޓަލުގައި އަންހެނަކު އެއް ދަރިއަކު...

02 Jan 2017 | 09:40

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ކެލިފޯނިއާގެ އަންހެނަކަށް އެއްމާބަނޑު ދެ ދަރިން ދެ އަހަރު ލިބިއްޖެ އެވެ.

ފޮކްސް ނިއުސްގައިވާގޮތުން ސެންޑިއޭގޯގެ "ޝާޕް މަރީ ބާރޗް" ހޮސްޕިޓަލުގައި އަންހެނަކު އެއް ދަރިއަކު ވިހެއީ 31 ޑިސެމްބަރު 2016ގެ ރޭގަނޑު 11:56 ގަ އެވެ. އަދި އޭނާގެ ދެވަނަ ދަރި އުފަންވީ 01 ޖެނުއަރީ 2017 ގެ 00:00ގައި ކަމަށް ފޮކްސް ނިއުސްގައި ބުނެފައި ވެ އެވެ.

ކޮންމެ އަހަރަކުވެސް އައު އަހަރެއް ފެށޭއިރު މިފަދަ ހަބަރުތަކަކީ ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަހޯދަމުން އަންނަ ހަބަރުތައްކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް