ހިންދީ ކޮމީޑިއަން ބާރްތީ ބުނަނީ ރާއްޖެ ދޫކޮށް ދާން ބޭނުން ނުވާކަމަށް !

އަހަރު ނިމި އައު އަހަރެށް ފެށިފައިވާއިރު އައު އަހަރު ފާހަގަކުރުމަށް ރާއްޖެ އައި ތަރިންގެ އަދަދު ވަރަށްވެސް ގިނަ އެވެ. ބޮލީވުޑް ތަރިންނާއި ހޮލީވުޑް ތަރިންނެވެ. އަދި އެހެންގައުމުތަކުގެ މަޝްހޫރު ތަރިންވެ...

02 Jan 2017 | 09:10

އަހަރު ނިމި އައު އަހަރެށް ފެށިފައިވާއިރު އައު އަހަރު ފާހަގަކުރުމަށް ރާއްޖެ އައި ތަރިންގެ އަދަދު ވަރަށްވެސް ގިނަ އެވެ. ބޮލީވުޑް ތަރިންނާއި ހޮލީވުޑް ތަރިންނެވެ. އަދި އެހެންގައުމުތަކުގެ މަޝްހޫރު ތަރިންވެސް ހިމެނެ އެވެ.

އެގޮތުން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ހިންދީ ކޮމީޑިއަން ބާރްތީ ސިންގް އަކީ ފާހަގަކޮށްލަންޖެހޭ ފަރާތެކެވެ. މިއީ ބާރްތީ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށްވާއިރު ބާރްތީ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއަރ ކުރަމުންނެވެ.

ބާރްތީގެ އިންސްޓަގްރާމް އެކައުންޓު"ބާރްތީ ލާފްޓަރ ކުއީން" އެކައުންޓުން މިއަދު ޕޯސްޓްކޮށްފައިވާ ފޮޓޯއެއްގައި އޭނާ ބުނެފައިވަނީ ރާއްޖެ ދޫކޮށް ދާން އޭނާ ބޭނުން ނުވާ ކަމަށެވެ.

ބާރްތީ އަކީ އިންޑިއާގެ ސިނަމާގައި އެއްމެ ފާހަގަކޮށްލެވޭ އަންހެން ސްޓޭންޑްއަޕް ކޮމީޑިއަން އެވެ. ބައެއް ފިލްމުތަކުގައިވެސް ކޮމެޑީ ރޯލުތައް ކުޅެފައިވާއިރު ބާރްތީ މިހާރު ގިނައިން ފެންނަނީ ޓީވީ ޝޯތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް